ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
”ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު“ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ މިއަދު ވަނީ ބަހުސް ފަށައިފިއެވެ.
”ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު“ އަކީ ގާނޫނުއަސާސީން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.
ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު މީކާއީލް ވިދާޅުވީ އެއްވެ އުޅުން މަނާކުރާ ގާނޫނު މިދިޔަ ސަރުކާރުގެ ދުވަސްވަރު އުވާނުލައި ބޭއްވުމަކީ އެމްޑީޕީއަށް ހެދުނު ގޯހެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ގެނެސްފައިވަނީ، ހޯމް މިނިސްޓްރީން އަންގާ ސަރަހައްދެއް ފިޔަވައި އެހެން އެއްވެސް ތަނަކަށް، ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ އުޅުން މަނާކުރާ ގޮތަށެވެ.
އެ ގާނޫނުގައި އެ ހުރަސް އޮތުމުން، އެމްޑީޕީން ދަނީ އެކަމާ ވަރަށް ބޮޑަށް ހިޔާލުފާޅުކުރަމުންނެވެ.




1 Comment
ގުޅުންހުރި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން
އަތޮޅު ކައުންސިލުތައް އުވާލާ ބިލު ތަސްދީގުކުރައްވައިފި