ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ކައުންސިލަށް ވާދަކުރަން ހަސަން އަތީގް (ބާބާ) ވާދަކުރާނެކަން އިއުލާންކޮށްފި އެވެ.
އަތީގަކީ ފުވައްމުލަކުގައި ބާބާ ގާޑިޔާގެ ނަމުގައި ލުއި ކާބޯތަކެތީގެ ކާމިޔާބު ވިޔަފާރިއެއް ހިންގަމުން އަންނަ ޒުވާން ވިޔަފާރިވެރިއެކެވެ. ބާބާ ގާޑިޔަލަކީ މުޅި ރާއްޖެއަށް، ވަކިން ހާއްސަކޮށް ފުވައްމުލަކުގެ ރައްޔިތުންނާއި އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ.
ބާބާގެ ފޭސްބުކް ޕޭޖް، އަތީގް ކަލޯގައި މިއަދު ލިޔެފައިވާ ޕޯސްޓެއްގައި ބުނީ، ފުވައްމުލަކު އުތުރު ދަޑިމަގު ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދިލެއްވުމަށް ކަމަށެވެ.
ބާބާ ކައުންސިލަށް ވާދަކުރަނީ އެއްވެސް ޕާޓީއެއްގެ ފަރާތަކުން ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ވެރިކަން ހިންގާ ޕީއެންސީން މާލޭގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި އެއްވުމަށް އޭނާ ވަނީ މާލެ އައިސްފަ އެވެ.




71 Comments
ގުޅުންހުރި
އެޑްމިޓް ކޮށްފައިވާ އުމްރާވެރިއަކު ރާއްޖެ ގެންނަނީ
ބައްސާމް އިތުރު 23 އަހަރަށް ޖަލަށްލައި، 44 މިލިއަން ރުފިޔާ އިން
ތޮއްޑު އަށް އަންނަ މަހު ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި
އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ކޯޓަށް ހާޒިރުކުރުމުން މަޑޫރޯ ވިދާޅުވީ ކުށެއް ކޮށްފައިނުވާނެ ކަމަށް
ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސް ދިއްދޫ ބިން