މިދިޔަ ދެ އަހަރުގެ ރޯދަ މަހުގެ ކަރަންޓް ބިލުތަކުން ޖުމުލަ 118 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ރޯދަ މަހު ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން، ރޯދަމަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް ސްޓެލްކޯ އިން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ހުރިހާ ސަރަހައްދެއްގައި ބިލުތަކުން ޑިސްކައުންޓް ދީފައިވާނެ ކަމަށެވެ.
އެގޮތުން 2024 އަދި 2025 ވަނަ އަހަަރުގެ މާރިޗު އަދި އޭޕްރިލް މަހުގެ ބިލުތަކުން ޖުމުލަ 118 ބިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުން އެންމެ ބޮޑު ޑިސްކައުންޓެއް ދީފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގަ އެވެ. އެ މަހު 43.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
- މާރިޗް 2024: 20.7 މިލިއަން ރުފިޔާގެ ޑިސްކައުންޓް
- އޭޕްރިލް 2024: 43.5 މިލިއަން ރުފިޔާގެ ޑިސްކައުންޓް
- މާރިޗް 2024: 20.5 މިލިއަން ރުފިޔާގެ ޑިސްކައުންޓް
- އޭޕްރިލް 2025: 33 މިލިއަން ރުފިޔާގެ ޑިސްކައުންޓް




26 Comments
ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
ޔާމީންގެ ޖަލްސާއަށް ކަރަންޓް ނުދީފާނެތީ އަމިއްލައަށް ކަރަންޓު ދޭން ޖަނަރޭޓަރެއް ބަހައްޓައިފި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
ނުކުޅެދުންތެރިކަން ހުންނަ އިތުރު 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ، ޖުމުލަ އަދަދު
ފިހުނު ސްޓެލްކޯގެ މުވައްޒަފު ނިޔާވެއްޖެ