މާލޭގައި ހެދި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތްކެއާ ސެންޓަރު މިއަދު ހުޅުވައިފި އެވެ
އެސްޓީއޯގެ ހެޑް އޮފީސް ކައިރީގައި ”މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު“ގެ ނަމުގައި ހަދާފައިވާ އެ ސެންޓަރު މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވައިފަ އެވެ.
ވެމްކޯއާ ހަވާލުކޮށްގެން ހެދި މި ސެންޓަރުން މައިގަނޑު ތިން ހިދުމަތެއް ދޭނެ އެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
އޭގެ އިތުރުން އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައްވެސް މި ސެންޓަރުގައި ކުރިއަށް ގެންދާނެެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެ ކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ހިދުމަތްތަކާއި ސިއްހީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ނަފުސާނީ ދުޅަހެޔޮކަމާއި ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ހިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރައްޒާގު ހަލީމް މީގެ ކުރިން މީޑިއާތަކަށް ވިދާޅުވި ގޮތުގައި މާލޭގެ ހަތަރު އަވަށާއި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ ހަ ކްލިނިކެއް ހުޅުވަން ރައީސް ވަނީ ނިންމަވާފައިވެ އެވެ. އެ ތަންތަން ހިންގާނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވި ގޮތުގައ ިމާލެ ސަރަހައްދުގައި ގާއިމު ކުރާ ކްލިނިކްތަކުން ހިދުމަތް ދޭން ފެށުމުން އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ބޮޑަށް އަމާޒު ކުރާނީ ޓާޝާރީ އިމްޕޭޝަންޓް ކެއާއަށެވެ. އެގޮތަށް ހިދުމަތްތައް ބަދަލުވެގެން ދިޔުމުން ބަލިވެގެން ޑޮކްޓަރަށް ދައްކާ މީހުންނަށް އެމީހުން ދައްކަންޖެހެނީ ކޮންކަހަލަ ސްޕެޝަލިސްޓަކަށްކަން ވަރަށް ފަސޭހައި ދެނެގަނެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.




ގުޅުންހުރި
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު، ފާމަސީއަކަށް ބަދަލުކޮށް ހުޅުވައިފި
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ވެލިދޫ އާ ހޮސްޕިޓަލާއި ފެންފުށީ އާ ސިއްހީ މަރުކަޒު ހަދަން އާރުޑީސީ
ދ. އަތޮޅު ހޮސްޕިޓަލުގައި 50 އެނދުގެ އާ އިމާރާތެއް ހަދަން އާރުޑީސީއަށް