ޖެނުއަރީ 11, 2026

އެކަނިވެރި މައެއްގެ މާލީ ހިސާބުތައް އާންމުކުރެވުމުން ޝަހީމް މައާފަށް އެދިއްޖެ 

ޒަކާތު ފަންޑުން އެހީ ނުލިބޭ ކަމަށްބުނެ ޝަކުވާކުރި އެކަނިވެރި މައެއްގެ މާލީ ހިސާބު އާންމުކުރެއްވުމަށްފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މައާފަށް އެދިވަޑައިގެންފިއެވެ.

ވިލިމާލޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވިލިމާލޭގައި ދިރިއުޅޭ އެކަނިވެރި މަޔަކު ވަނީ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ޒަކާތު ފަންޑުގެ އެހީއަށް އެތައް ފަހަރަކު އެދުމުން، އެކައުންޓު ރޯލުވެފައިވާ ކަމަށްބުނެ، އެހީ ދީފައިނުވާކަމުގެ ޝަކުވާކުރިއެވެ.

އައިޝަތު އަލީ (އައިޝާ) ނަމަކަށް ކިޔާ ފަސް ކުދިންގެ މަންމަ ދެއްކި އެ ވާހަކަތަކުގެ ވީޑިއޯއެއް ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އައިޝާ އެހީއަކަށް އެދުމުން ޒަކާތު ހައުސިން އިން މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް 15،500 ރުފިޔާ ދިން ކަމަށެވެ.

އެކެނިވެރި މައިންނަށް ދައުލަތުން ދޭ އެހީއާއެކު މިހާރު އޭނާ ވަޒީފާގައި އުޅޭތީ މަހެއްގެ މައްޗަށް ޖުމްލަ 22،000 އަށްވުރެ ގިނައިން މުސާރަ ލިބޭތީ، ފަގީރުންގެ ދަފްތަރަށް ނާރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަދި އޭނާގެ ބޭންކު އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި. މި މީހާގެ ވާހަކައާ ގުޅިގެން ބެލި ބެލުމުން ޒަކާތު ހައުސިން އިން ދެއްވި މައުލޫމާތުގެ ކުޑަ މިންވަރެއް މި ދެންނެވީ،“ ޕޯސްޓުކުރުމަށްފަހު ޑިލީޓްކޮށްލާފައިވާ އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމްގެ އެ ޕޯސްޓާ ގުޅިގެން ގިނަ ބައެއް ފާޑުކިޔުން އަމާޒުވެފައިވާ އިރު، އެކަމާ ގުޅިގެން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގުސަދެއް ނޫން ކަމަށާއި މަގުސަދަކަށްވީ، ޒަކާތުގެ ކަމަކާ ގުޅިގެން އެ ފަރާތުން ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރި މައުލޫމާތަކަށްވާތީވެ، ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުންދަނީ އަދުލުވެރިކަމާއި އިންސާފުންކަމާއި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތިންކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

ފަގީރުންގެ ދަފްތަރުގައި ހިމަނަނީ އެކަމަށް ޝަރުއީ ގޮތުން ޝަރުތު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިއްބެވި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކުކަން ބުނެދިނުން ކަމަށާއި އެމީހަކު ހުށަހަޅާ ޑޮކިއުމަންޓްތަކަށް ބަލައި، ރާއްޖޭގައި ކަނޑައަޅާފައި ހުންނަ އުސޫލުތަކުން ފަގީރުންގެ ދަފްތަރުގެ މިންގަނޑަށް ނުފެތޭ ނަމަ ނުހިމަނާ ސަބަބު ބުނެދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމުކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މަޢުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން. ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ..،“ ޝަހީމް ވިދާޅުވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އައިޝާ ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅަކީ ލޮލުގެ މައްސަލައެއް ހުންނަ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި ދެން ހުންނަ ހަތަރު ކުދިންގެ ބައްޕައަކީ ޖަލު ހުކުމެއް ތަންފީޒުކުރާ މީހެއް ކަމަށެވެ. ދާދިފަހުން ވަޒީފާއެއް ލިބުނު ނަމަވެސް، މީގެ ކުރިން އެކި މަސައްކަތްކޮށްގެން ހާލުގައި އުޅުނު ކަމަށް އޭނާ ބުންޏެވެ.

އެކައުންޓު ރޯލުވެފައިވަނީ އެކި ސަބަބުތަކަކާ ހުރެ ކަމަށާއި ކޮންމެ މީހެއްގެ ވެސް އެކައުންޓު ރޯލުވާނެ ކަމަށެވެ. އަދި އެކައުންޓު ރޯލުވެފައިވާ އެންމެ ބޮޑު ސަބަބަކީ، ހަގު ދަރިފުޅުގެ ބޭސްފަރުވާއަށް ދިއުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށާއި، އެކި ފަރާތްތަކުގެ އެހީ ލިބިފައިވާތީ ކަމަށް އޭނާ ބުންޏެވެ.

8 Comments

  • Moosa Hussain ނޮވެމްބަރ 25, 2025

    Account frendhen laari bahahtaigen zakaathu fandun ehee hoadhan ulhumakee bodu vahkameh

    • Fathimath Abdul Kareem ނޮވެމްބަރ 26, 2025

      Moosa Hussain E ee eyna dhari fulhu lo operation kuran salaam jahaigen hoadhi laari

  • Fathimath Abdul Kareem ނޮވެމްބަރ 25, 2025

    Account belun noon goi goi ves hunnaane Eyna hadhanee thedheh tho prove kuran

    • Edward Ed ނޮވެމްބަރ 26, 2025

      Fathimath Abdul Kareem thwega dhogu hadhaneee Dr Mohamed shaheeem

  • Zahira Hasan ނޮވެމްބަރ 25, 2025

    Bodethi inzaitheringe fenvaru nikamethi meehaku enchen bunelaairan ves araagana varu araabaara othas boduvaru

  • Kaito Kenji ނޮވެމްބަރ 25, 2025

    Isthuifaa dhee avahah

  • Fahy Ma Hamyd Maahzxmine ނޮވެމްބަރ 25, 2025

    Maafah edhumakee reethi sifaeh. Minister aa ministry badhunaam kureema ves maafah edhun varah rangalhuvaane.

  • Kaifa Haalath ނޮވެމްބަރ 26, 2025

    ނިކަމެތި މީހާ ފައިސާ އެއްކުރުމަކީ ގޯހެއްތަ؟ އޭނާވެސް ލިބެން ޖެހޭ ހައްގުތައް ހޯދާނެ. ފައިސާ ފޮރުވާނެ ދަރިންނަށްޓަކައި ، ދައުލަތުގެ ވަޒީރަކު ވެއްޖެއްޔާ އެކަނި ފައިސާ ފޮރުވެނީ، ހަމަ އުސޫލު ގާއިމް ކުރަން އައިސް މާ ކަންކަން ވާ ބަޔަކަށް ވެގެން ، މެޖޯރިޓީ މީހުން މި ސަރުކާރު ބަދަލުކޮށްލުމުގެ އެބަތިބި.

Leave a Reply to Edward Ed Cancel reply