މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަން ފެށި ”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 110 މީހަކު ހައްޔަރުކޮށް، 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ބިލްޑިންގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށްފަހު ހިއްސާކުރި ”އޮޕަރޭޝަން އަލިމަގު“ގެ މައުލޫމާތުގައިވާ ގޮތުން، ޖުމުލަ 500 ފުލުހުން ބައިވެރިކޮށްގެން އެ އޮޕަރޭޝަން ރާއްޖޭގެ 39 ރަށެއްގައި ހިންގިއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ޖުމުލަ 105 ތަނަކާއި ކަނޑު އުޅަނދަކާއި ނުވަ އެއްގަމު އުޅަނދެއް ބަލައި ފާސްކޮށް، 110 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރި 38 މީހެއްގެ ވަނަވަރާއި އެމީހުން ހައްޔަރުކުރި ރަށް އަދި ބަންދު އިތުރުކުރި މުއްދަތު ވެސް ހާމަކޮށްފައެވެ.
އެމީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ ހަމައެކަނި ކ. މާލެ، ދަތުފަރު ނަންބަރު 1786، މުހައްމަދު ޖަޒްލާން އަޝްރަފް (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެ އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިން ފުލުހުންގެ ”އޮޕަރޭޝަން އަލިމަގު“ ފަށާފައިވަނީ މިމަހުގެ 13 ގައެވެ.




4 Comments
ގުޅުންހުރި
ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ