ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި އިތުރު އިސް އޮފިސަރުންތަކެއް ސަސަޕެންޑުކުރުމަށް ހުށަހަޅަން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ.
އެނގިފައިވާ ގޮތުގައި ސީޕީ ނަވީނާއެކު ފަސް އެސިސްޓަންޓް ކޮމިޝަނަރަކު ވެސް ސަސްޕެންޑުކުރަން ހުށަހެޅުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފައެވެ. ނަމަވެސް އެބޭފުޅުންގެ ނަންތަކެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.
ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީން ބަލަމުންދާ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯގެ ތެރެއިން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަތަކުގައެވެ.




1 Comment
ގުޅުންހުރި
ނަވީންގެ ހިދުމަތުގެ އަގުވަޒަންކޮށްފި
ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ދީނަށް ފުރައްސާރަކުރާ މައްސަލައިގައި އާމިރު ހޯދަން އިއުލާންކޮށްފި
އެމްބިއުލާންސަށް ޖާގަ ނުދިން ޕިކަޕް ޑްރައިވަރު ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓައިފި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ