މިނަށްވުރެ ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް ހަދާ ސާޖަރީ، ބޭރިއަޓްރިކް ސާޖަރީގެ ހިދުމަތް އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަށައިފި އެވެ.
ބޭރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމުގެ ސައިޒާއި އަދި މަސައްކަތްކުރާ ގޮތަށް ބަދަލު ގެނެސް މިނަށްވުރެ ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް ކުރާ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ.
އައިޖީއެމްއެޗުން ބުނީ، މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާއެކު ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދިނުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޓައިޕް 2 ހަކުރުބައްޔާއި ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމާއި ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރު ފަދަ ކުރިން ބޭސްކުރަމުން އައި ގައިން ގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
”މިއަދު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ހިދުމަތް ގާއިމުވެގެން ދިއުމަކީ މިދެންނެވެނު ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، މިނަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެފައި އުއްމީދެއް ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއްކަން ޔަގީނެވެ.،“ އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.




ގުޅުންހުރި
އައިޖީއެމްއެޗްގެ ކިއު ކުޑަކުރަން ހެދި ފުރަތަމަ ސެންޓަރު ހުޅުވައިފި
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކު މަރުވެއްޖެ
މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހުން: ޕެޕާ ސްޕްރޭއަކުން ހާޓް އެޓޭކެއް
6 މަސްތެރޭ ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި އެމްއާރުއައިގެ ހިދުމަތް ފަށާނަން: ރައީސް
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު