ހުޅުމާލޭގައި ހުންނަ ކުލިނިކަކުން ދަތް ނެގި މީހަކު ކުއްލިގޮތަކަށް ނިޔާވި މައްސަލައެއް ބަލަން ފަށައިފިއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ އޯރާ ކެއާ ޑެންޓަލް ކުލިނިކުން ތިން ދަތެއް ނެގި އުމުރުން 60 އަހަރުގެ އަންހެނެކެވެ.
އެ މައްސަލަ އާއިލާގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން، މިނިސްޓްރީން މިހާރު ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ.
ދަތް ނެގިތާ 30 މިނެޓު ވެސް ނުވަނީސް، ހާލު ދެރަވެގެން ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިޔަތާ ގިނައިރުތަކެއް ނުވެ ވަނީ ނިޔާވެފައެވެ.
އެ މައްސަލައާ ގުޅޭ ތަފްސީލެއް މިހާތަނަށް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.









