ސެލޫނަކަށް ވަދެ މާރާމާރީ ހިންގުނީ ނުނިދާ އެތައް ދުވަހެއް ވުމުން ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ކޯޓުގައި ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ހިންގި މި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާއަކީ ސ. ހިތަދޫ/ އަސަރީވިލާ, އަލީ މަނިކެވެ. އޭނާއަކީ އިސްކަންދަރު ކޮށީގައި ދިރިއުޅޭ ފުލުހެކެވެ.
އޭނާއަށް ފުލުުހުން ތުހުމަތު ކުރަނީ މާލޭގެ ސެލޫނަކަށް ވަދެ އެތަނުގައި ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންނަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.
އޭނާގެ ބަންދަށް ފުރަތަމަ ދިނީ ފަސް ދުވަހެވެ. އެއީ އޭނާގެ ބަންދުގައި ހުއްޓާ ކަސްޓޯޑިއަލް ތެރެއަށް ވެއްޓި ހަރަކާތް މެދުވާން ފެށުމުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރަން ޖެހުމުންނެވެ. އެ ދުވަހު ގާޒީ ވަނީ ހޮސްޕިޓަލުން ދޫކޮށްލާތާ ގިނަވެގެން 24 ގަޑިއިރު ތެރޭ އަލުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންވާނެ ކަމަށް އަންގަވައިފަ އެވެ.
އަލީ މަނިކު އިއްޔެ ކޯޓުގައި ބުނީ އޭނާ ހަމަނުޖެހުން ހިންގި ސެލޫނަކީ އޭނާ ކުރިން ވެސް ގޮސް އުޅޭ ތަނެއް ކަމަށާއި އެ ދުވަހު ދިޔައިރު ހުރީ ނުނިދާ އެތައް ދުވަހެއް ވެފައި ކަމަށާއި އެހެންވެ ހުރީ ހަމަޔަކު ނޫން ކަމަށެވެ.
އޭނާ ވަނީ މި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކުގައި ކަމަށް އިއްޔެ ބުނެފަ އެވެ. އެހެންވެ ގާޒީ ނިންމެވީ ބަންދަށް ފަސް ދުވަސް ދިނުމަށެވެ.



1 Comment
ގުޅުންހުރި
މާނުގެ މައްޗަށް ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ