އިގުތިސާދު ނަގައި ކޮޅަށް ޖެހުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އިގުތިސާދާއި ކޮރަޕްޝަން އޮތީ ބޯވަތަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޕީއެންއެފްގެ ”ރީސެޓް“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ތަނެއްގައި އިގުތިސާދު ކޮޅަށް ޖެހުނު ކަމަށް ވިދާޅުވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުއިއްޒު ވެސް ވެރިކަން ކުރައްވަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްއޭ ވިދާޅުވަމުން ކަމަށާއި ނަމަވެސް، ހިސާބުތަކަށް ބަލައިލުމުން 2018 އަށްފަހު ސީޕިއާ ރޭންކުގައި ރާއްޖެ ވެއްޓިފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު، އެ ރޭންކުގައި 40 ވަނައިގައި އޮތުމަކީ ފަހުރެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
”އެމްއެމްޕީއާރުސީގެ އެއޮތް ބޮޑު ހިޔާނާތާ އެކީވެސް، އަދި ސުޕްރީމް ކޯޓުގެ ބާވަތަށް އެ ދިން ހުރިހާ ލާރިތަކާއެކީވެސް ކޮރަޕްޝަން އިންޑެކްސްއަށް ބަލާ ކަމަށްވަންޏާ، ކޮރަޕްޝަނަށް ބަލާ ކަމަށްވަންޏާ ދިވެހިރާއްޖެ ފަހުރުވެރިކަމާއެކީ 40 ވަނައިގައި ހިފަހައްޓައިފިއޭ. އަޅުގަނޑުމެންނަށްވުރެ ވޯސްޓްއޭ އަނެއް 140 ގައުމު،“ އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ތިމަންނަމެންނަށްވުރެ ބޮޑަށް މަސައްކަތްކުރި ސަރުކާރެއް ނާދެއޭ ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ކޮރަޕްޝަން އޮތީ ބޯވަތަށް ޖަހާފައި ކަމަށާއި ހިސާބު އަދަދުތަކަކުން ކޮރަޕްޝަން އޮތް މިންވަރު ފެނިގެންދާނެ ކަމަށެވެ. އަދި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 96 ވަނައަށް ވެއްޓިފައި ކަމަށް ޔާމީން ވިދާޅުވިއެވެ.




3 Comments
ގުޅުންހުރި
ރައީސް އާދީއްތަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާގެ ކުލި ބޮޑުނުވާނެ ގޮތް ހަދައިދޭނަން:
ގެދޮރުވެރިޔާ ފުލެޓުތަކުގެ އެޑްވާންސް ބޮޑުތަނުން ކުޑަކުރުމަށް ނިންމައިފި
391 މީހަކާ ސުވާލު ކޮށްގެން ހެދި ސާވޭ: 62 ޕަސެންޓް މީހުން
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
މާލޭގެ ކައުންސިލަރުން ޝަރުތު ހަމަވަނީ ދިމްޔާތުގެ ބަދިގެ ބަލަހައްޓަން: ޔާމީން