ހަތް އަހަރު ހަމަވުމަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި ބޮޑުނުވާނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ ފުލެޓުތަކުގެ ފިނިޝަން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފުލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުގެ މަތިން ކުލިން އެ އަދަދު މައާފުކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
އެޗްޑީސީން ވަނީ، އޭގެ ތެރެއިން އެއް ލައްކަ ރުފިޔާ ކުލިން މައާފުކޮށްދިނުމަށް ނިންމާފައިވާކަން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ. ނަމަވެސް 5،300 ރުފިޔާ ނަގަމުންދަނިކޮށް، 3،984 ރުފިޔާއަށް އޭރު ކުލި ކުޑަކޮށްފައިވަނީ ހަތް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސަލާހުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވައުދުފުޅުވެފައިވާ ގޮތަށް ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެ ބަދަލު ގެނައުމަށް އެގްރިމަންޓުތައް ބަދަލުކޮށްދިނުމަށް އެޗްޑީސީގައި ދަންނަވާފައިވާނެ ކަމަށެވެ.
ވައުދުވެވަޑައިގެންފައިވާ އަދަދަށް މަހުން މަހަށް ކުލި ދެއްކޭނެ ގޮތަށް އެގްރިމަންޓު ބަދަލުކޮށްދެއްވާނެ ކަމަށާއި ވަކި މުއްދަތަކަށް އޮތް އޮތުން ބަދަލުކޮށްދެއްވާނެ ކަމަށެވެ. އަދި ވަކި މުއްދަތަކަށް ކުލި ކުޑަވާ ގޮތަށް އޮތް އޮތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




4 Comments
ގުޅުންހުރި
އެސްއީޒެޑްގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު
ރައީސްގެ ނަސޭހަތް: މުސްތަގުބަލަށް ގުޑުވައިނުލެވޭވަރުގެ ބިންގަލެއް އެޅޭނީ ބަސް އަހައިގެން
ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދޭ އެއްބާރުލުމުގެ އަގުވަޒަންކުރަން: ރައީސް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން އަންނަ ހޮނިހިރު ދުވަހު
ޗާގޯސް ލިބުން އެންމެ ހައްގުވަނީ ރާއްޖެއަށް: ރައީސް