މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ރޭސިން ޓްރެކް އަޅަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް“ގެ ނަމުގައި ޒުވާނުންނާއެކު ޒުވާނުންގެ އެތެރެވެހީގައި މިރޭ ބޭއްވި އިވެންޓުގައި ވާހަކަފަޅުދައްކަވަމުން ރައީސް ވިދާޅުވީ ދެ ރޭސިން ޓްރެކެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެއީ މާލެ އާއި އައްޑޫ ސިޓީގައި އަޅާ ރޭސިން ޓްރެކެއް ކަމަށެވެ.
މާލެ ސަރަހައްދުގައި ރޭސިން ޓްރެކް އަޅަން އެންމެ ފީސިބަލް ތަނަކީ މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގެ ބޭރުން ރޭސިން ޓްރެކެއް ގާއިމުކުރުން ކަމަށާއި އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީހުން އުޅޭ ތަނެއްގައި ރޭސިން ޓްރެކް އަޅައިފިއްޔާ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށާއި މީގެ ކުރިން ހުޅުމާލޭގައި ރޭސިންއަށް ފުރުސަތުދިން އިރު، އެކި ކަހަލަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށެވެ.
މީހުން ނޫޅޭ ސަރަހައްދެއްގައި، އެހެންނަމަވެސް މާލެއާ އެއްފަސްކޮށް ބުރިޖަކުން ގުޅިފައި އޮންނަ ހިސާބެއްގައި ޓްރެކް އަޅަން ބަލާ އިރުގައި ހެދެން އޮތް އެންމެ ރަނގަޅު ތަނެއް ކަމަށް ޓެކްނިކަލް ލަފާ އޮތް ލޮކޭޝަނަކީ މާލެ-ހުޅުމާލެ ހައިވޭއާ ޖެހިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައްޑޫގައި ރޭސިން ޓްރެކް އަޅަން ނިންމާފައިވަނީ ބޭރުގެ އެހީއާއެކު ކަމަށާއި އެކަމަށް ފައިސާ ހޯދުމަށް މިހާރު އެދި، އެކަން ހަމަޖެހުމުން އެ ރޭސިން ޓްރެކްގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ރޭސިންއަށް ހާއްސަ ޓްރެކު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.




9 Comments
ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއީގެ މަގާމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި