އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެލަވަންސް ބޮޑުވެގެންދާނެ ކަމަށް އެ މަނިކުފާނު މީގެ ކުރިން ވަނީ އިއުލާންކުރައްވައިފައެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ ކުއްޖަކަށް ދޭ އިނާޔަތުގެ ގޮތުގައި މިހާރު ދެނީ 1،000 ރުފިޔާއެވެ. އެގޮތުން ކުދިންގެ ނިސްބަތުން އެ އަދަދު ގިނަވެގެން ގޮސް އެންމެ ގިނަވެގެން މިހާރު ދޭ އަދަދަކީ 10،000 ރުފިޔާއެވެ.
”އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދު“ އަށް ގެނައި އިސްލާހާއެކު، އެމީހެއްގެ ދަރިން ހުރި ނިސްބަތަށް ބަލައި، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެއެވެ.
ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބި ނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެ ކަމަށާއި އެންމެ ގިނަވެގެން ލިބޭނެ އަދަދަކީ 15،000 ރުފިޔާ ކަމަށް އިސްލާހުގައިވެއެވެ.




4 Comments
ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!