އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ މަނިކު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރުމުގައި އިހު އޮތް ރޫހު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނަވާ ކަމަށެވެ.
ރީކޯގެ ޗެއާޕާސަންކަމުގައި އެމްޑީޕީން ވަނީ ސިޔާސީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަހުމަދު ފާއިޒް ވަކިކުރަން މަޖިލީހުގައި ވޯޓު ދެއްވި މައްސަލައިގައި ރީކޯ ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ވަކިކޮށްފައެވެ.
މައްސަލަގަނޑުގެ ތެރެއިން އެމްޑީޕީގެ ދަފްތަރުން 2016 ވަނަ އަހަރުގެ ނޮވެމްބަރު ފަހުކޮޅު ރީކޯގެ ނަން އުނިކުރި ފަހުން، އޭނާ ވަނީ ސަރުކާރު ކޯލިޝަންގެ އިސް ޕާޓީ ޕީޕީއެމްއާ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ގުޅިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރީކޯ ކެމްޕޭންކޮށްދެއްވި އިރު، 2023 ގެ އިންތިހާބުގައި ކެމްޕޭންކޮށްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެ ދެ ބޭފުޅުން ވެސް އެ އިންތިހާބުތަކުގައި ވަނީ ނާކާމިޔާބީ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.




1 Comment
ގުޅުންހުރި
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް