”މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް“، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
އެ އޮފީސް ރައީސް އިއްޔެ އުފެއްދެވީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.
ރައީސް ވަނީ ”މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް“ އުފައްދަވައި، އެ އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފައެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕާޓީ ގާނޫނުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އާ އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.
އެ ގާނޫނުގެ ދަށުން ރައްކާކުރެވޭ ފިކުރީ މުދަލަކީ ފިކުރީ މުދަލާ ގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތުގެ ފިކުރީ މުދަލެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރީއަލް ޑިޒައިން އާއި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ. ގާނޫނުގައި ވަނީ އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވެސް ބަޔާންކޮށްފައެވެ
”މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް“ގެ އެންމެހައި ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރުކަމަށް އެ ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެ އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ މިނިސްޓަރު އައްޔަންކުރާ ރަޖިސްޓްރާ އެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭ އެ އޮފީހުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހޭ ކަމަށްވެސް ގާނޫނުގައިވެއެވެ. އަދި އެމީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ބިލު ރައީސް ތަސްދީގުކުރެއްވީ ނިމިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އިއްޔެއިން ފެށިގެން އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ.




2 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ރޯދަމަހު ކެފޭ/ރެސްޓޯރަންޓުތައް ހުޅުވޭނީ މެންދަމު 3 އާ ހަމައަށް، ފިހާރަތައް މެންދަމު
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު