އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ: ޝަހީމް 

އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވެފައިވަނީ، ހުތުބާގެ މައުލޫތަކާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ހުޅުވާލުމުން އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

އަހްމަދު އަބްދުﷲ ވިދާޅުވީ ހުރިހާ މިސްކިތެއްގައި އެއް ހުތުބާއެއް ކޮންމެހެން ކިޔަން ނުޖެހޭ ކަމަށާއި އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުލޫއަކަށް ހުތުބާ ދިނުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވުމަށް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އަހުމަދު އަބްދުﷲ އަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާ ކަމަށާއި ނަމަވެެސް އަހުމަދު އަބްދުﷲ ގެ ވާހަކަތައް މި މައުލޫއުގައި ގޯސް ކަމަށެވެ.

ހައްދެއް އިމެއްނެތި އެގޮތަށް އެންމެންނަށް ހުޅުވާލައިފި ނަމަ، ދީނީގޮތުން ނުތަނަވަސް ހާލަތަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ ކަމަށާއި އެކަމަށް ޖާގައެއް ނުދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި، ޖަމާއަތްތައް އުފެދި، އެކި މިސްކިތްތަކުގައި އެކި މަޒުހަބަށް ހުތުބާ ކިޔައި ހަމަނުޖެހުން އުފެދިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުތުބާ ކިޔުމުގެ ނިޒާމަށް ދުނިޔޭގެ އެހެން ގައުމުތައްވެސް އެނބުރެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި ހުތުބާގެ މައުލޫއަށް ރައްޔިތުންގެ ހިޔާލު ހޯދަނީ މުޖުތަމައަށް އެންމެ ބޭނުންތެރި މަގުން ހުތުބާ ތައްޔާރުކުރަން ކަމަށް ޝަހީމް ވިދާޅުވިއެވެ.

3 Comments

  • Dhee Naa ޖެނުއަރީ 3, 2026

    mihaaru ves miulheny 2 sheikh aku ekacheh nukiyaigen. ebbayakah boa kalhu kurun haraan vaa iru aneh bayakah halaalu. ebbayakah resort thakuga raavikkun hudhdha vaa iru aneh bayakah haraan.

  • Ismail Naseer ޖެނުއަރީ 3, 2026

    Suppose CONVENIENT THINKING vs ANTI – CORRUPTION ae ghulhifa onna ARGUMENT….konme CONVENIENT THINKER aku ghe ETHICAL REFERENCE nuwaetha QAWWAL sareeha waethoa… yaunee AQAEL ae ZAUREEFAE nuwaetha CONSCIOUSNESS…ae…INTELLECT… dhemedhuga onna ARGUMENT… suppose IBN – SINA vs IBN – RUSHD dhemedhuga onna ARGUMENT

    Yaunee CONSTITUTION vs ISLAMIC SHAERAEYAA dhemedhuga onna ARGUMENT

    Suppose… Suppose… CONVENIENT THINKING… Vs ANTI – CORRUPTION COMMISSION… dhemedhuga onna ARGUMENT aki kobhaethoa ei suwaelaki ?

    Wumun JUDICIARY RESET…kurumughe maulu…akee CONVENIENT THINKING vs ANTI – CORRUPTION…ae seedha ghulhuvei…mauloo akau wei

  • އަޙުމަދު ޢާދިލް ޖެނުއަރީ 3, 2026

    Mujuthamauge haaalathaaamedhu thedhubahun vaaahaka dhehkeyne jaaaaga onnanjehey. A adhi huthubaaagai viyasves. Hurihaaa thaaakah siyaaseee nufoozu vaneema kamakunudhey.

Leave a Reply to އަޙުމަދު ޢާދިލް Cancel reply