ގިނަ ބަޔަކު ބޭސްފަރުވާއަށް ގޮސް އުޅޭ ސްރީ ލަންކާގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ލަންކާ ހޮސްޕިޓަލަށް، އާސަންދައިން ދައްކަންޖެހޭ ފައިސާ ނުދައްކާ އޮތުމުން އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
އެނގިފައިވާ ގޮތުގައި އާސަންދަ އިން ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުފީސް ނުދައްކާ އެބަ އޮތެވެ. އެހެންވެ ލަންކާ ހޮސްޕިޓަލުން ވަނީ އާސަންދަ އާއެކު ހަދާފައިވާ އެއްބަސް އާ ނުކުރަން ނިންމައިފަ އެވެ.
އާސަންދައިގެ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާސަންދައިން، ލަންކާ ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އާކުރި ނަމަވެސް މިފަހަރު އެއްބަސްވުން އާ ކުރުމާމެދު ގޮތެއް ނުނިމުނީ ދެ ފަރާތުން ހުށަހެޅި ކަންކަމާ ގުޅިގެން ގޮތެއް ނިންމިފައި ނުވާތީ އެވެ.
މިކަމާ ގުޅޭ ގޮތުން އާސަންދައިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.




16 Comments
ގުޅުންހުރި
ޑުރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭކަށް ބޭނުމެއް ނޫން، އުންމީދަކީ
މާލޭގައި 300 މަސާޖު ޕާލާ! ރައީސް ވިދާޅުވީ 1 މަސް ތެރޭ
ކައުންސިލް އިންތިހާބު: ވޯޓުލެވެނީ 294،937 މީހުންނަށް، ޖުމުލަ 621 ވޯޓު ފޮށި
ރާއްޖެ-ލަންކާ ބޯޑާ ކޮންޓްރޯލް އުވާލައި، ވިސާ ނަގަންނުޖެހޭ ގޮތަށް ހަދަން ނަޝީދު
އުމުރުން 75 އަހަރާ ހަމައަށް ވަޒީފާގައި ހުރެވޭ ބިލް ތަސްދީގު ކުރައްވައިފި
ރީކޯ މޫސަ ގޮވައިގެން އިލްމުވެރިންގެ ގުޅުމުން ޕޮލިހަށް!