ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ލޯކަލް ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ސަރުކާރުގެ ފަށަލައެއް ކަމަށާއި ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނެ ކެމްޕެއިން ކުރާ ނަމަ، އެއީ ގޯހެއް ކަމަށެވެ.
”ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ގާނޫނީގޮތުން. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭންކުރާކަމަށްވާ ނަމަ، އެއީ ފުރަތަމަވެސް ނުބައި ސިގްނަލެއް. ރައްޔިތުން ވިސްނަންޖެހޭ ސިގްނަލެއް އެއީ. ގާނޫނުގައި އޮވޭ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ސަރުކާރު ޖަވާބުދާރީކުރާނީ ކޮންބައެއްކަން. ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް“ ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުން ބިން ހަވާލުނުކުރުމުގެ ސަބަބުން ބައެއް މަޝްްރޫއުތަކުގެ މަސައްކަތް ނުފެށިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ފައިދާއަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާނެ ބަޔަކު އިންތިހާބު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
”ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އިދިކީލަ ގޮތެއްގައި، ސިޔާސީ ގޮތެއްގައި އުނދަގޫތައް ކުރިމަތިކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންކަން ކުރާ ކައުންސިލްތައް އުފެދިގެން އައިސްފި ނަމަ، އެއީ އަޅުގަނޑުމެން ދާން ބޭނުންވާ މިސްރާބަށް ދިއުމަށް ހަމައެކަނި ހުރަސް އެޅެނީކީ ނޫން. އެތައް ތަނެއް މަޑު ޖެހި ފަހަތަށް ދަނީ.“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ