ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިއްޔެ ވަކިކުރި އަހްމަދު ޝަމާހް ރަޝީދުގެ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އޭނާގެ މައްސަލައެއް ބަލަން ފެށިކަން އޭސީސީން ޔަގީންކޮށްދިން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަން ފެށި އިރު، އޭނާ މަގާމުން ވަކިކުރިތާ މާގިނައިރެއް ނުވެ ސޯޝަލް މީޑިއާގައި އޭނާ ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް ވަނީ ލީކުކޮށްލައިފަ އެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާ މިފްކޯގައި ކޮރަޕްޝަންގެ ތެރެއިން ”ޕައިޕްލައިނަށް“ އަޅާ ފައިސާ އަށްވުރެ މާގިނައިން ސްޓެލްކޯގައި ކޮރަޕްޝަނުގެ ތެރެއިން ފައިސާ ހޯދާ ކަމަށެވެ. އަދި އޭނާ ސްޓެލްކޯގައި ކޮށްފައިވާ ކަންތައްތައް އެނގިއްޖެނަމަ ސަރުކާރުގެ އިސް ބޭފުޅުން ނޯށުން ރޯނެ ކަމަށް ވެސް ޝަމާހު ކަމަށް ބެލެވޭ މީހާ ބުނާ އަޑު އިވެ އެވެ.
ނަމަވެސް އެއީ އޭނާގެ އަޑު ނޫން ކަމަށް ޝަމާހު އިއްޔެ ވަނީ ބުނެފަ އެވެ.
ޝަމާހު މަގާމުން ވަކިކުރީ ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ ހަތަރު މަސް ފަހުންނެވެ. އޭނާ ވަކިކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމައެއް ނުކުރެ އެވެ.




ގުޅުންހުރި
އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން
ޗާގޯސް ހޯދަން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރަން
މާރިޗު މަހު ވާރޭވެހޭ މިންވަރު މަދުވެ، އާންމު މިންވަރަށްވުރެ ހޫނުވާނެ!
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ