ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ އެސްޕީޑީއެއް!

ޑުރަގް ވިޔަފާރިކުރާ މީހުންނާއި މަނީ ލޯންޑަރިންގައި އުޅޭ މީހުން ހޯދަން ގއ. އަތޮޅުގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ހިމެނޭކަން އެނގިއްޖެ އެވެ.

ރާއްޖެ އަށް ޑުރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ މީހުން ހޯދަން ފުލުހުން ހިންގާ ”އޮޕަރޭޝަން އަލިމަގު“ ގައި 10 ތަނެއް ބަލައިފާސްކޮށް، ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ގއ. ވިލިނގިލީގެ މީހުންނެވެ. އެއީ:

  1. ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
  2. އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
  3. އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
  4. ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި

އެ މީހުންގެ ތެރެއިން އަނާމްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނޫރުއްނިޒާމު ފިޔަވައި ދެން ތިބި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. ނޫރުއްނިޒާމު ބަންދުކުރީ 15 ދުވަހަށެވެ.

އެ އޮޕަރޭޝަންގައި ޑުރަގާއި ފައިސާއާ ގުޅޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

4 Comments

  • ابراهيم عمران ޖެނުއަރީ 12, 2026

    Kazzaabu ge drug agents

  • Annan Nanna ޖެނުއަރީ 12, 2026

    Raajje ah bahaaru moosun Anna than thi fenany

  • Raz Usman ޖެނުއަރީ 12, 2026

    Ekudhin mihaaru ulhenee mathee maqaamu thakugaye 😂

  • Noo Ali ޖެނުއަރީ 19, 2026

    Kalo gayaa … thikahala meehun hahthaa ves ethibee mi sarukaaru ge mathi fadiin feshigen niyalah ..
    Rayyithunge majilis thereygai ves theegè (boteco) sorun ethibee .. 2 loa nuhulhuvey haaluga .. haraam ehchakah vee VAPE !!
    Falaahu ah bodah ingeynee 😂

Leave a Reply