ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 21 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްްއޭސީއެލް) އިން ބުނެފި އެވެ.
ދިއްދޫ ބިން ހިއްކައި، ހިއްކި ބިމުގައި އެއާޕޯޓަކާއި ހައުސިން މަޝްރޫއުތައް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު، ’ލީވް އެރިކްސަން‘ ރާއްޖެ ގެނެސް ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 112 ހެކްޓަރު ހިއްކާނެ އެވެ.
އެމްއޭސީއެލް އިން އިއްޔެ ބުނީ ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 18 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ
ލީވް އެރިކްސަންއަކީ އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެކެވެ. މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ފޭސް 2 ހިއްކަން ގެނައި ޑްރެޖަރެވެ.




ގުޅުންހުރި
އީރާނުގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުން އެ ޤައުމުން ފޭބުމަށް ޗައިނާ ސަރުކާރުން
ޗާގޯސް ހޯދަން މަސައްކަތް ފެށުމުން ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރަން
މާރިޗު މަހު ވާރޭވެހޭ މިންވަރު މަދުވެ، އާންމު މިންވަރަށްވުރެ ހޫނުވާނެ!
ގާސިމުގެ ބައްޕާފުޅުގެ ހަނދާނުގައި މާމިގިލީގައި ބިނާކުރި މިސްކިތް ހުޅުވައިފި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ