ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ ޕެކޭޖެއް ’ހަފްތާ‘ އިން ތައާރަފުކޮށްފި އެވެ.
މި ޕެކޭޖުގެ ތެރެއިން އެންމެ މުހިންމު އެއް ސެގްމަންޓަކީ ”ވާނެތަ؟“ ނަމުގައި ގެނެސްދޭ ސެގްމަންޓެވެ. މިއީ ކައުންސިލަށް ކުރިމަތިލާ ކެންޑިޑޭޓުން، އިންތިހާބުވެއްޖެ ނަމަ ކުރާނެ ކަންތައްތަކާއި ހުރި ގޮންޖެހުންތަކާއި އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބު ފަދަ އެތައް ކަމެއް ކިޔައިދެވޭނެ އިންޓަވިއު ސެގްމެންޓެކެވެ. މި ސެގްމަންޓް ’ހަފްތާ’ގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކުރާނެ އެވެ.
”ވާނެތަ؟“ ސެގްމަންޓުގައި ބައިވެރިވުމަށް މާލޭގެ މޭޔަރުކަމަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންނަށް ’ހަފްތާ‘ އިން ވާނީ ފުރުސަތު ދީފަ އެވެ. ނަމަވެސް މިހާތަނަށް ވާނެކަން ކިޔައިދޭން އައިސްފައިވަނީ އެމްޑީޕީގެ މޭޔަރު ޓިކެޓު ހޯދުމަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.
ވީޑިއޯ ބަލާލުމަށް
ކައުންސިލް އިންތިހާބަށް ’ހަފްތާ‘ އިން ހަދާފައިވާ ޕެކޭޖުގެ ހާއްސަ އަނެއް ކަމަކީ އެ ކެންޑިޑޭޓަކު ބޭނުން ގޮތަކަށް ޕެކޭޖު ބައްޓަން ކޮށްލެވޭނެ އެވެ. އެގޮތުން ޕޯސްޓަރު ޑިޒައިނިން އިން ފެށިގެން ’ހަފްތާ’ގެ ވެބްސައިޓުގައި އިސްތިހާރު ޖެހުމާއި ހަބަރާއި ވީޑިއޯ ރީލްވެސް މި ޕެކޭޖުގެ ތެރޭގައި ހިމެނޭނެ އެވެ.
’ހަފްތާ’ގެ މި ޕެކޭޖު ބޭނުންވާ ކެންޑިޑޭޓުން ’ހަފްތާ’ގެ ފޭސްބުކް ޕޭޖަށް މެސެޖު ކޮށްލުމުން ޕެކޭޖުގެ ޑީޓެއިލްސް ފޮނުވާލަދޭނެ އެވެ.




ގުޅުންހުރި
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ