އެމްޑީޕީގެ މެންބަރުން މަގާމުތަކަށް ހޮވައިދިނުމުން ކޮޅުފައިން ޖަހައި، މެމްބަރުން ހާލުގައި ޖައްސައި، މަގުމަތިކޮށްފައި ދިޔަޔަސް، އެފަދަ ގޮތަކަށް ދުވަހަކުވެސް އަމަލުނުކުރާނެ ކަމަށް އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު ހޯއްދެވުމަށް ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ދަނޑިކޮށި ޖަގަހައިގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން، މިހާރު ވެސް މާލޭގެ މޭޔަރަކަށް ހުންނެވި އާޒިމް ވިދާޅުވީ ދޮގު ހަދައި އޮޅުވާލައިގެން އަބުރު ކަތިލައިގެން މި ގައުމުގައި ދެނެއް މަގާމުތައް ލިބޭނެ ދުވަސް ފާއިތުވެ ހިނގައްޖެ ކަމަށެވެ.
”މިހާތަނަށް ތިބޭފުޅުން ފަހަރުވެރިވާ މަސައްކަތްކޮށްދީފީމޭ، ތިބޭފުޅުން ދިން ވޯޓެއްގެ ސަބަބުން ލަދުގަންނަން ޖެހޭ ކަމެއް އަޅުގަނޑުގެ ފަރާތުން ތިބޭފުޅުންނަށް ނުފެންނާނެއޭ. މިހާތަނަށް ބައެއް ބޭބޭފުޅުންނަށް ތިބޭފުޅުން ވޯޓުލުމުގެ ސަބަބުން ބޮޑެތި މަގާމުތަކަށް އައިސް ތިބޭފުޅުން ލަދު ގަންނަވާލައި، ތިބޭފުޅުންގެ ވެރިކަން ވައްޓާލައި، ތިބޭފުޅުން މަގުމަތިކޮށްލާފައިވަނީ، އަޅުގަނޑެއް އެމީހަކަށް އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ނުވާނަން،“ އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ އިދިކޮޅުން ނުކުންނަނީ ހިނގަހިނގައި ހުރި ވެރިކަމެއް ދޮގާއި މަކަރާއި ހީލަތް ހަދައިގެން އެމްޑީޕީގެ ތެރެއިން ބަޔަކު ނުކުމެ ވެރިކަން ވައްޓާލައި، އެމްޑީޕީގެ މެންބަރުންނަށް މި ނިކަމެތި ހާލު ޖެއްސި މީހުން ކަމަށާއި އެ ބަޔަކު މިއަދު ނުކުމެ ހަމަ އެ ޗަރުކޭސް ކުޅެގެން އެކަން ކުރަން ފުރުސަތެއް އެމްޑީޕީގެ މެންބަރުންނެއް ދެނެއް ނުދޭނެ ކަމަށެވެ.
”މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ މި ސަރުކާރުގެ ބައިވެރިންކަން މިއީ. އެއްވެސް ހާލަތެއްގައި މިއީކީ އަޅުގަނޑުމެންގެ ބައިވެރިންނެކޭ ކިހިނެއްތޯ ބުނާނީ. މާލޭ ސިޓީގެ މޭޔަރަކަށް އެމްޑީޕީގެ މެންބަރަކު ހުރެ، ކުރާ މަސައްކަތް ނުފެނި، އިދިކޮޅު މީހުން ބުނާ އެތި ފެނި، މި ހިސާބަށް ދިޔައީމާ ކިިހިނެއްތޯ އަޅުގަނޑުމެން ބުނާނީ އެއީ އަޅުގަނޑުމެންގެ ތެރެއިން ބައެކޭ،“ އޭނާ ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ މާލޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތާއި މާލޭގައި ޕާކުތައް ހެދުން ވެސް އެމީހުންނަށް ވީ ޖޯކަކަށް ކަމަށެވެ.




ގުޅުންހުރި
ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް:
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ވައި ނުސާފުވުމުން މޭޔަރު އާޒިމްގެ އިލްތިމާސް: މާސްކު އަޅުއްވާ، ބޭރަށް ނުކުމެ
އާޒިމް, ރައީސް މުއިއްޒަށް: އޮޅުވާލަން ނޫޅުއްވާ, ވައުދުވި ދެ ލައްކަ ކޭޝް