އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.
އެގޮތަށް ނިންމާފައިވަނީ ޖޭޕީން މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި 30 ކައުންސިލު މެންބަރަކު ބައިވެރިވިއެވެ.
އެނގިފައިވާ ގޮތުގައި ކައުންސިލު އިންތިހާބުގައި ވަކިން ވާދަކުރުމަށް ހުށަހެޅުނު ނަމަވެސް، 18 ކައުންސިލު މެންބަރެއްގެ ތާއީދާއެކު ނިންމާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށެވެ. އަދި އެކަމާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދިނެވެ.
މިދިޔަ ރިޔާސީ އިންތިހާބު ނިމެންދެން ޖޭޕީން އެމްޑީޕީއަށް ތާއީދުކުރި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެ މަނިކުފާނަށް ޖޭޕީގެ ލީޑަރު ގާސިމް ތާއީދުކުރައްވައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖޭޕީން ތާއީދުކުރެއްވި ނަމަވެސް، ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.
ނިމިދިޔަ އަހަރު ގާސިމް ވަނީ، ރައީސް މުއިއްޒު އދ. މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ގާސިމް ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.




ގުޅުންހުރި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ