މި އަހަރުވެސް އަތޮޅުތަކުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،500 އެއްހާ ދަރިވަރުން ބަދަލުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ބޮޑު ޗުއްޓީއަށްފަހު މި މަހުގެ 27 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 އަށް ވަނުމަށް އެދި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4،790 ދަރިވަރުން އެދިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް ވަނުމަށް އެދިފައިވާ 3،042 ދަރިވަރުންނާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް އެދިފައިވާ 1748 ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މި އަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1،530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އަތޮޅުތަކުން ހުޅުމާލެ ބަދަލުވި: 753 ދަރިވަރުން
- އަތޮޅުތަކުން މާލެ ބަދަލުވި: 694 ދަރިވަރުން
- އަތޮޅުތަކުން ވިލިމާލެ ބަދަލުވި: 83 ދަރިވަރުން




6 Comments
ގުޅުންހުރި
ފަހި ފްލެޓު ސަރަހައްދު ”ގޮނޑުކޮށްލި“ މައްސަލައިގައި ޖޫރިމަނާކުރަން ފަށައިފި
މާލީ އަހުލާގު ދެމެހެއްޓުމަކީ މައިގަނޑު ސިޔާސަތެއް، އިންވެސްޓަރުންގެ އިތުބާރު އިތުރުވެއްޖެ: ރައީސް
ނީލަމުގައި ފުލުހުން ވިއްކަނީ ހިޔާނާތުގެ މައްސަލައަކާ ގުޅޭ ހުއިފިލަނޑާތަކެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް
ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ފާސްކޮށްފި