ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިނގިލި ދާއިރާގެ މެބްބަރު ގާސިމް އިބްރާހިމްގެ ބައްޕާފުޅުގެ ހަނދާނުގައި މާމިނގިލީގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފި އެވެ.
’މަސްޖިދު އިބްރާހިމް’ގެ ނަމުގައި ބިނާކުރި އެ މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ގާސިމް އެވެ. މިސްކިތް ހުޅުވައިދެއްވުމަށްފަހު މިސްކިތުގައި މިއަދު އިމާމުވެ ހުކުރު ނަމާދު ކުރެއްވީ ޝަހީމެވެ.
މި މިސްކިތަކީ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އޭސީކޮށްފައިވާ މި މިސްކިތުގައި ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދުކުރެވޭ އަދި ވުޟޫ ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ.
ގާސިމްގެ އަމިއްލަ ހަރަދުގައި މިދިޔަ އަހަރުވެސް ވަނީ މާމިގިލީގައި މިސްކިތެއް ބިނާކޮށްދެއްވައިފަ އެވެ. ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ އެދުމުގެ މަތީން ބިނާކޮށްދެއްވި އެ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.




ގުޅުންހުރި
ރޯދަމަހަކީ ކަންނެތްކަން އިހުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫނެވެ.
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް