މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ވެސް ބޮޑުވެއްޖެއެވެ.
އެސްޓީއޯ އިން މީގެ ކުރިން ޕެޓްރޯލް ލީޓަރެއް 13.50 ރުފިޔާއަށް ވިއްކަމުންދިޔަ ނަމަވެސް، ދެން ޕެޓްރޯލު ލީޓަރެއް ލިބޭނީ 16.01 ރުފިޔާއަށެވެ. އެއީ 2.51 ރުފިޔާގެ ބޮޑުވުމެކެވެ.
ޑީސަލް ލީޓަރެއް މިހާރު 13.92 ރުފިޔާއަށް ވިއްކަމުންދިޔަ ނަމަވެސް، ދެން ޑީސަލް ލީޓަރެއް އެސްޓީއޯ އިން ވިއްކާ އަގަކީ 17.54 ރުފިޔާއެވެ. އެއީ 3.62 ރުފިޔާގެ ބޮޑުވުމެކެވެ.
މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން ތެލުގެ ވިޔަފާރިކުރާ ތަންތަނަށް ވެސް ވަނީ މިސައިލު ހަމަލާތަައް އަމާޒުވެފައެވެ. އޭގެ އިތުރުން ހަނގުރާމައިގައި އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ފުޅާ ދާއިރާއެއްގައި ތެލުުގެ ވިޔަފާރިކުރާ ގައުމުތަކެވެ.



