ފޮރިން މިނިސްޓަރު އަބްދުالله ހަލީލު މަގާމުން ވަކިކުރައްވައިފި އެވެ.
ސަރުކާރުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަނުކުރި ނަމަވެސް، އިތުބާރުހުރި މަސްދަރަކުން ’ހަފްތާ‘ އަށް ވަނީ ހަލީލު މަގާމުން ވަކިކުރައްވާފައިވާކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
މި ސަރުކާރުގައި ހަލީލު ފުރަތަމަ ހުންނެވީ ހެލްތް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް ސަރުކާރުގެ މިނިސްޓްރީތަކަށް ސެޕްޓެންބަރު 2024 ގައި ގެނައި ބޮޑެތި ބަދަލުތަކާއެކު ހަލީލް ދެން އައްޔަން ކުރެއްވީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ.
ހަލީލު މީގެ ކުރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވައިފަ އެވެ.



