ޑިފެންސް މިނިސްޓަރުކަމުން ގައްސާން މައުމޫން ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފި އެވެ.
އެ މަގާމުން ގައްސާން އިސްތިއުފާ ދެއްވާފައި މިވަނީ ކެބިނެޓު މިނިސްޓަރުންތަކެއް ވަކިކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ގައްސާން އިސްތިއުފާ ދެއްވި އިރު، ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ހަލީލުވެސް ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ.
އޭގެ އިތުރުންވެސް ބައެއް މިނިސްޓަރުން މަގާމުން އިސްތިއުފާ ދެއްވަމުންދާ ކަމަށް ބައެއް މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސަރުކާރުން އަދިވެސް ކަށަވަރުކޮށެއް ނުދެ އެވެ.



