ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ކެބިނެޓުގެ 10 މިނިސްޓަރަކު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެއީ:
- ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް
- ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހީމް
- ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް
- ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް
- އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރްޔަމް މާރިޔާ
- ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު
- ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ރައީސް އޮފީހުން ބުނީ، މި ހުރިހާ ބޭފުޅުންގެ އިސްތިއުފާ ރައީސް ގަބޫލުފުޅުކުރައްވައި، މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވި ކަމަށެވެ.



