ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލާން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފައިވަނީ މ. މުނިޔާގެ، މުޙައްމަދު އަނިލް (47އ) އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، މި ކުށުގެ އަދަބަކީ 16 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުރި 4 މަހާއި 19 ދުވަސް މިހާރު ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ ޖުމުލަ 15 އަހަރާއި 7 މަހާއި 11 ދުވަހުގެ ޖަލު އަދަބެކެވެ.