އެސްޓީއޯއިން ޔޫރަޕްގެ ”ވަން ޑޭ މޯ“ ބްރޭންޑްގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ތައާރަފުކުރި ޔޫރަޕްގެ "ވަން ޑޭ މޯ" ބްރޭންޑްގެ ބައެއް އުފެއްދުންތައް ---

އެސްޓީއޯ އިން ޔޫރަޕްގެ މަޝްހޫރު ”ވަން ޑޭ މޯ“ ބްރޭންޑްގެ ސިއްހަތަށް ފައިދާ ހުރި އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

މި އުފެއްދުންތައް ބާޒާރަށް ނެރުމަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރު އައިޝަތު ޝިފާނާ ވަޖީހެވެ. މި ހަފުލާގައި ޝިފާނާ ވަނީ މި ބްރޭންޑްގެ އުފެއްދުންތަކުން ލިބޭ ސިއްހީ މަންފާތަކުގެ ތަފުސީލުތައް ހިއްސާކުރައްވައިފަ އެވެ.

”ވަން ޑޭ މޯ“ ބްރޭންޑަކީ ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ، ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް އެކުލެވޭ ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑެކެވެ.

މި ބްރޭންޑްގެ ދަށުން ތައާރަފު ކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ، އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ގިނަ އުފެއްދުންތައް ހިމެނެ އެވެ. އަދި މިއީ ހެނދުނުގެ ނާސްތާގެ އިތުރުން، ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ކެއުމަށް ބޭނުންކުރެވޭނެ، ސިއްހަތަށް ފައިދާ ހުރި އަދި ރަހަ މީރު އުފެއްދުންތަކެކެވެ.

މި އާ އުފެއްދުންތައް ބާޒާރަށް ނެރުމަށްފަހު އެސްޓީއޯ އިން ވަނީ ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފަ އެވެ. އެގޮތުން ޕްރޮމޯޝަންގެ މުއްދަތުގައި ”ވަން ޑޭ މޯ“ ބްރޭންޑްގެ އުފެއްދުންތަކުން ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.

މި ބްރޭންޑްގެ ހުރިހާ ބާވަތެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލެ ފޭސް 1 ގެ އައުޓްލެޓްތަކުން ގަންނަން ލިބޭނެ އެވެ.