އެލައިޑް ހުޅުމާލެ ރަންގެ ފޯރި ގެނެސްގެން އިނާމެއް! އެއާޕޮޑްސް ޕްރޯ 3 އެއް!

މި އަހަރު ބާއްވާ އެލައިޑް ހުޅުމާލެ ރަންގެ ފޯރި ގަދަކޮށްލައިގެން އިނާމެއް ލިބޭ ގިވްއަވޭއެއް އެލައިޑް އިންޝުއަރެންސް އިން ފަށައިފި އެވެ.

އެލައިޑުން ބުނީ، ”ޝެއާ ދަ ރަން“ގެ ނަމުގައި ކުރިއަށް ގެންދާ މި ގިވްއަވޭއަކީ އެ ކުންފުނީގެ އޮންލައިން ކޮމިއުނިޓީން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރުމަށާއި ކުރިއަށް އޮތް ހުޅުމާލެ ރަންގެ ފޯރި ގެނައުމަށް ކުރިއަށް ގެންދާ ގިވްއަވޭއެއް ކަމަށެވެ.

އެގޮތުން އަންނަ މެއި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ގިވްއަވޭގައި ހޮވޭ ނަސީބުވެރިޔަކަށް ދިނުމަށް ހަމަޖެހިފައިވަނީ އެޕަލް އެއާޕޮޑްސް ޕްރޯ 3 އެވެ.

ގިވްއަވޭގައި ބައިވެރިވުމަށް:

  1. އިންސްޓަގްރާމްގައި އެލައިޑް އިންޝުއަރެންސްގެ ޕޭޖް (allied.mv@) ފޮލޯކޮށްލާ
  2. އެލައިޑް ހުޅުމާލެ ރަންއާ ގުޅޭ ޕޯސްޓުތައް އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށްލާ
  3. ސްޓޯރީގައި allied.mv@ ޓެގްކުރަންވާނެ. އަދި AlliedHulhumaléRun2026 ހޭޝްޓެގް ވެސް ބޭނުންކުރަންވާނެ

މި ގިވްއަވޭގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ގިނައިން ސްޓޯރީ ޝެއާކުރާ ފަރާތަށެވެ. ޕްރައިވެޓް އެކައުންޓް ގެންގުޅޭ ފަރާތްތަކުން ސްޓޯރީ ޝެއާކުރުމަށްފަހު އޭގެ ސްކްރީންޝޮޓެއް allied.mv@ އަށް ޑައިރެކްޓް މެސެޖް (DM) ކުރުމުން ބައިވެރިވެވޭނެ އެވެ.

ހުޅުމާލެ ރަންއަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ބޮޑު އިންތިޒާރެއް ކުރަމުން އަންނަ، ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ އެއް ދުވުމެވެ. ޖުމުލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ  އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެއްވެސްމެ އެވެ.

މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެ ގޮތަށް، ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެ އެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ އެއް މޭލް ފެމިލީ ރަން، 5 ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެ އެވެ.

އެލައިޑް ހުޅުމާލެ ރަން 2026ގެ ހާއްސަވާ އެއްކަމަކީ ހުރިހާ ދުވުންތެރިންވެސް މި ދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވާ އަކާއެކުގައެވެ. އަދި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީތަކުން ވަނަތައް ހާސިލުކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެ އެވެ.