ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ އަކަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އައްޔަންކޮށްފި އެވެ.
މިކަން ހާމަކުރީ ހެލްތް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ޝިރުނާ އަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން އައި، މޯލްޑިވިއަން ބްލަޑް ސާވިސް އާއި ދަމަނަވެއްޓާ ހަވާލުވެ ހުންނެވި ބޭފުޅާއެވެ. އަދި އެންސްޕާގެ ސީއީއޯއަކަށް އައްޔަން ކުރެއްވި އިރު، އޭނާ ހުންނެވީ ހެލްތް މިނިސްޓްރީގެ ފަރާތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ކަންކަން ބެލެހެއްޓުމުގެ އިސްވެރިޔާގެ ގޮތުގައެވެ.
އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، ހީނާ ވަލީދު ހެރިޓޭޖު މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމުންނެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް އެންސްޕާގެ ސީއީއޯގެ މަގާމު އޮތީ ހުސްކޮށެވެ.









