ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ސްރީލަންކާގެ ކޮލޮންބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއެޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު ފަހުމުނާމާތަކުގެ ތެރޭގައި ތައުލީމީ، ސިއްހީ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އެގޮތުން ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމާއި، ސިއްހީ އަދި ދިފާއީ ދާއިރާގެ ދިރާސީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން ޒުވާނުން ތަރައްގީކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ދެ ގައުމުގެ ތާރީހީ ލިޔެކިޔުންތައް އަރުޝީފުކުރުމާއި، ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ރައީސް މުއިއްޒު، ސްރީލަންކާއަށް މި ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.