މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ﷲ ގެ ރަޙުމަތްފުޅާއެކު ރަނގަޅު ކަމަށާއި، ޙައްޖުގެ އަޅުކަމަށް މާދަމާ ހައްޖުވެރިން މިނާއަށް ދަތުރުފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝަަހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޑރ. ޝަހީމް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖުވެރިން މިނާއާއި ޢަރަފާތުގައި ތިބުމާއި އަދި އެހެނިހެން ކަންކަންވެސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ ގޮތެއްގައި އިންތިޒާމުކޮށްފައިވާ ކަމަށެވެ. އަދި އެންމެހައި ޙައްޖުވެރިންނަށް މަބްރޫރު ޙައްޖެއް ދެއްވުން އެދި މިނިސްޓަރ ވަނީ ދުޢާ ކުރައްވާފައެވެ.
މި އަހަރުގެ ޙައްޖުގެ ރަސްމީ އަޅުކަން ސައުދީ އަރަބިއްޔާގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ، މެއި 24 ގައެވެ. ޢަރަފާތް ދުވަސް ދިމާވަނީ މެއި 25 ވާ ހޯމަ ދުވަހަށް ކަމަށް ވާއިރު މެއި 26 އަކީ ބަރަކާތްތެރި އަޟްޙާ ޢީދު ދުވަހެވެ.
ދިވެހިރާއްޖޭގެ ހައްޖު މިޝަން އިން ބުނާ ގޮތުން މި އަހަރު ރާއްޖެއިން ޖުމުލަ 1،025 ދިވެހިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަމަށް ސައުދީގައި އެބަ ތިއްބެވެ.
ދިވެހި ހައްޖުވެރިން ސައުދީގައި 22 ދުވަހު ތިބެން ހަމަޖެހިފައިވާއިރު، ހައްޖު ނިންމުމަށް ފަހު ދިވެހިން އެނބުރި ރާއްޖެ އައުމަށް ފުރާނީ އަންނަ މަހު ފަހަކުން ފެށިގެންނެވެ.







