ރަށެއްގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެއެވެ.
ފުލުހުން މިރޭ ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނު ކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ކ. ގުރައިދޫގައި ހުންނަ އިމަރާތަކުންނެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.







