ކަސްޓަމަސް އިން ރެކޯޑެއް ހަދައިފި، މާލޭ ބަނދަރުން 15،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ އަތުލައިގެން ވޭޕްތަކެއް ---

ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގެ ތެރެއިން 15،601 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގަތީ އެ ޝިޕްމެންޓުގައި ގާނޫނާ ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް އެ ހިދުމަތަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ ވޭޕް ކާޓްރިޖުތައް ފެނުނީ ’ޖެނެރަލް ކާގޯ’ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރެއިން ކަމަށްވެސް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، މިއީ 15 ނޮވެންބަރު 2024 ގައި ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓު ކަމަށެވެ.