މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ އެވެ.
މ. ތޮއިބާ/ ޝައިޚް އިސްމާއީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް ރޭގެ ވަގުތެއްގައެވެ. ޝައިޚުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.
ޝައިހް އިސްމާއިލަކީ އިސްލާމީ ތައުލީމު އުގަންނައި ދިނުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި، ރާއްޖެ ދުށް ވަރުގަދަ އެއް އިލްމުވެރިއެވެ. ކުރިން މާލޭގައި މަޝްހޫރުވި ތޮއިބާ ސްކޫލް ވެސް ހިންގެވި ބޭފުޅެކެވެ.
އެކަން ފާހަގަކޮށް ޝައިހަށް ވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެރުވުނު ބޭފުޅަކީ ޝައިހް އިސްމާއިލް އެވެ. މިއީ ރާއްޖޭގައި މަތީ ތައުލީމު ދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅެވެ.
އޭގެ އިތުރުން ޝައިހް އިސްމާއިލްއަކީ މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލު ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.


