ދައުލަތަށް އެންމެ ގިނައިން ޓެކްސް ދެއްކި 19 ފަރާތަކަށް ”ރަންލާރި“ އެވޯޑް ދީފި އެވެ.
މި އެވޯޑް ދީފައިވަނީ މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.
މީރާ އިން ބުނީ، މި އަހަރު މި އެވޯޑް ދީފައިވަނީ، ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން މި އަހަރު އެވޯޑް ދީފައިވަނީ 12 ގިންތިއަކުންނެވެ.
އެވޯޑް ލިބުނު ފަރާތްތައް:
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކްސް (ރިޒޯޓު)
ބެޑް ކެޕޭސިޓީ (150 އަށްވުރެ ދަށް)
- ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ’ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް‘
ބެޑް ކެޕޭސިޓީ (151 – 250 އާ ދެމެދު)
- ސީޕީއާރްސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ ’ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް‘
ބެޑް ކެޕޭސިޓީ (250 އަށްވުރެ މަތި)
- އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ’ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި‘
ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކްސް (ޓޫރިސްޓް ހޮޓާ)
- މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ ’ހުޅުލެ އައިލެންޑް ހޮޓެލް‘
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކްސް (ޓޫރިސްޓް ގެސްޓްހައުސް)
- ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ ’އޯޝަން ގްރޭންޑް‘
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާއި ގްރީން ޓެކްސް (ޓޫރިސްޓް އުޅަނދު)
- ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ’ގޮމަފުޅު‘
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓްރެވަލް އޭޖެންސީ)
- އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތައް)
- ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް
ޓޫރިޒަމް ދާއިރާ ފިޔަވައި އެ ނޫން ދާއިރާތަކުގެ ޖީއެސްޓީ
އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް
- އަހުމަދު ނިޔާޒް
އާމްދަނީ 30 – 100 މިލިއަން ރުފިޔާއާ ދެމެދު
- އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 100 – 200 މިލިއަން ރުފިޔާއާ ދެމެދު
- ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 200 މިލިއަން އަށްވުރެ މަތި
- ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އެއާޕޯޓު ޓެކުހާއި ފީ
- އިއްތިހާދު އެއާވޭސް
އާމްދަނީން ނަގާ ޓެކްސް (ފަރުދުން)
- އަހުމަދު ޝިޔާމް މުހައްމަދު
އާމްދަނީން ނަގާ ޓެކްސް (ފަރުދުން ނޫން އެހެން ފަރާތްތައް)
އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް
- އެޓްމޮސްފިއާ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 30 – 100 މިލިއަން ރުފިޔާއާ ދެމެދު
- ކަނޑޫމާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 100 – 200 މިލިއަން ރުފިޔާއާ ދެމެދު
- ވާސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
އާމްދަނީ 200 މިލިއަން އަށްވުރެ މަތި
- އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
އާމްދަނީން ނަގާ ޓެކްސް (ބޭންކް)
- ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
ސަރުކާރު ހިއްސާވާ ކުންފުނި
- ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް
މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ.
މީރާ އިން ބުނީ، މި އެވޯޑް ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ކަށަވަރުކޮށްފައިވާ ކަމަށެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށް ކަމަށްވެސް ބުންޏެވެ.


