ގދ. ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ އެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ 27 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ، އޭނާ ނިޔާވެފައި އޮއްކަމުގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


