ޑުރަގް ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު މާލޭގެ ގެސްޓުހައުސްއަކުން ކަމަށެވެ.
އެ ތަނުން ޑުރަގް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ތޯހިދުލް އިސްލާމް (35އ)
- މޮނީރް ބެޕާރީ (37އ)
- ޖަކިރް މުންޝި (46އ)
- އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)
- އެމް.ޑީ އުސްމާން (23އ)
- މޮހައްމަދު ބަބްލޫ އަލީ (34އ)
- އެމް.ޑީ ރައިހާން (32އ)
- އަފްރަނުލް ހޮގް އާޝިކު (34އ)
- މުހައްމަދު ރަކިބް ހޮސެއިން (30އ) އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ހައްޔަރުކުރި އެންމެން ވެސް މިހާރު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.


