ވަޓްސްއެޕް މެދުވެރިކޮށް 32,000ރ.ގެ ސްކޭމެއް ހިންގި މައްސަލައެއްގައި މާލޭ 3 މީހަކު ހައްޔަރުކޮށްފި

ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި, މަކަރާއި ހީލަތުން 32,000 ރުފިޔާގެ ސްކޭމެއް ހިންގި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

އޮކްޓޫބަރު 13, 2026 ގައި ރިޕޯޓްކުރި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ ހުސައިން ސާމިރު (40އ) އާއި ދަފްތަރު. ނަންބަރު ރސ 6007, މުހައްމަދު ރީހާން (33އ) އާއި ޖޯޖެޑްވިލާ އަހުމަދު ސުޖާއު (46އ) އެވެ.

ފުލުހުން ބުނީ, އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސާމިރު އާއި ސުޖާއު 15 ދުވަހަށް އަދި ރީހާން ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.