ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ދޭން ކަނޑައެޅި ގޯއްޗާއި ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ރަޖިސްޓަރީ ނުލިބޭ މީހުނަށް އަންނަ ހަފުތާ ނިމުމުގެ ކުރިން ރަޖިސްޓަރީ ހަވާލުކޮށް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޭން ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވަނީ ދޫކޮށްފަ އެވެ.
އަދި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން އެ ސަރުކާރުން އިއުލާން ކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13،000 މީހުންގެ ތެރެއިން ފުރަތަމަ ފްލެޓް ލިބޭ 4،000 މީހުން ވަނީ ކަނޑައަޅައިފަ އެވެ.
ނަމަވެސް އެކަން ކުރި ގޮތާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅާފައިވަނިކޮށް، ފްލެޓު ދޫކުރުމުގެ ކަންކަން އޭސީސީން ވަނީ ހުއްޓުވައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުން އަދިވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ދާއިމީ ލިސްޓުގައިވާ މީހުންނަށް ރަޖިސްޓްރީ ހަދައިދީ، އެ ތަންތަން ހަވާލުކުރުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.
”މި ހަފުތާއާއި މި އަންނަ ހަފުތާގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ،“ ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުން ގޯއްޗާއި ފްލެޓު ދޫކޮށްފައިވަނީ އަދި ނުހިއްކާ ހުރި ތަންތަނުން ކަމުން، އެ ތަންތަން ހިއްކުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
އަންނަ ހަފުތާގެ ތެރޭގައި ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އިރު، އަންނަ ހަފުތާގެ ހޮނިހިރު ދުވަހަކީ މާލެއަށް މޭޔަރަކު ހޮވުމަށް އިންތިހާބު ބާއްވަން ނިންމާފައިވާ ދުވަހެވެ. އެ އިންތިހާބުގައި ސަރުކާރުގެ ފަރާތުންވެސް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

ގުޅުންހުރި
ރައީސް މުލި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވަން: ރައީސް
މަސް ކިލޯއެއް 20ރ.އަށް ހަދައިދޭން ރައީސް އަރިހުގައި އެދިއްޖެ
ދިވެހި އާއިލާތައް ބަދަހިވެ، ފުދުންތެރިވި ވަރަކަށް ގައުމުގެ ކުރިއެރުން ހަލުވިވާނެ: ރައީސް