ޖަޕާންގެ ޓޯކިޔޯގެ ހަނެޑާ އެއާޕޯޓަށް ޖައްސަން ދިޔަ ޖަޕާން އެއާލައިންސްގެ މަތިންދާ ބޯޓެއް، ގްރައުންޑްގައި އޮތް އެހެން ބޯޓެއްގައި ޖެހި ރޯވެއްޖެ އެވެ.
ދަ ޖަޕާން ޓައިމްސްގައި ބުނެފައިވާ ގޮތުން، ރޯވި ޖަޕާން އެއާލައިންސްގެ ފްލައިޓުގައި 367 ފަސިންޖަރުންނާއި 12 ކުރޫ މެންބަރުން ދަތުރުކުރި އެވެ. އެ އެންމެންވެސް ވަނީ ސަލާމަތްކޮށްފަ އެވެ. ނަމަވެސް ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި ނޭނގެ އެވެ.
ޖަޕާން ކޯސްޓްގާޑާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ހަނެޑާ ބޭސްގައި އޮތް އެ އިދާރާގެ ބޯޓެއްގައި ޖަޕާން އެއާލައިންސްގެ ބޯޓު ޖެހިފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ޖަޕާން އެއާލައިންސްގެ ބޯޓު ރަންވޭއަށް ޖެއްސުމަށްފަހު ކަމަށެވެ.
ކޯސްޓްގާޑު ބޯޓުގައި ފަސް މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ސަލާމަތްވެފައިވާ ކަމަށްވެސް ޖަޕާން ކޯސްޓްގާޑުން ބުނެ އެވެ. އަނެއް ހަތަރު މީހުންގެ ހަބަރެއް އަދި ނުވެ އެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200