ސެޕްޓެމްބަރ 21, 2024

ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓު 36 މީހަކަށް، މިހާރު ތިއްބެވި 16 މެންބަރުން ހިމެނޭ

މި އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރެއްވި 36 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓު ކަށަވަރުވެއްޖެ އެވެ.

އެ ބޭފުޅުންނަށް ޓިކެޓު ކަށަވަރުވެފައި ވަނީ ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވާތީ އެވެ.

 ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވި ކެންޑިޑޭޓުން:

  • އަހުމަދު ސަލީމް – ހޯރަފުށި ދާއިރާ
  • މުހައްމަދު އާރިފް – އިހަވަންދޫ ދާއިރާ
  • ހުސައިން ޒިޔާދު – ވައިކަރަދޫ ދާއިރާ
  • މުހައްމަދު ރާއީ – މަކުނުދޫ ދާއިރާ
  • އަލީ ރިޒާ – މިލަންދާ ދާއިރާ
  • މުހައްމަދު ޝާހިދު – ފުނަދޫ ދާއިރާ
  • އަހުމަރު ފާތިހު – ހޮޅުދޫ ދާއިރާ
  • އިސްމާއިލް އަހުމަދު – ދުވާފަރު ދާއިރާ
  • މުހައްމަދު ޝަފީގު – ތުޅާދޫ ދާއިރާ
  • ޖީހާން މަހުމޫދު – ހިންނަވަރު ދާއިރާ
  • މުހައްމަދު ލުތުފީ – މާފުށި ދާއިރާ
  • އިބްރާހިމް އަމީރު – ތުލުސްދޫ ދާއިރާ
  • އަލީ އަމީޒް – މާމިގިލި ދާއިރާ
  • އިކްރާމް ހަސަން – ދިއްގަރު ދާއިރާ
  • އިޔާސް އިސްމާއިލް ލަތީފް – މީދޫ ދާއިރާ
  • ހަސަން ޝިނާން – ގުރައިދޫ ދާއިރާ
  • ހުސައިން އަބޫބަކުރު – ފޮނަދޫ ދާއިރާ
  • ޔައުގޫބު އަބްދުﷲ – ދާންދޫ ދާއިރާ
  • އަހުމަދު ސައީދު – ގެމަނަފުށި ދާއިރާ
  • ސައްޔާހު ހަލީހް – ކޮލަމާފުށި ދާއިރާ
  • އަހުމަދު ގައިސް – ތިނަދޫ އުތުރު ދާއިރާ
  • އަހުމަދު ޒައީމް – ފަރެސްމާތޮޑާ ދާއިރާ
  • އަހުމަދު ސައީދު މުހައްމަދު – ގައްދޫ ދާއިރާ
  • ހުސައިން މުހައްމަދު ދީދީ – ފުވައްމުލަކު މެދު ދާއިރާ
  • މުހައްމަދު އަސްލަމް – ހިތަދޫ އުތުރު ދާއިރާ
  • އިބްރާހިމް ނާޒިލް – ހިތަދޫ ދެކުނު ދާއިރާ
  • އިބްރާހިމް އަލީ ޖަލީލް – މެދު ހެންވޭރު ދާއިރާ
  • ހުސައިން ޝަމީމް – ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިބްރާހިމް – ގަލޮޅު އުތުރު ދާއިރާ
  • މީކާއިލް އަހުމަދު ނަސީމް – ގަލޮޅު ދެކުނު ދާއިރާ
  • ލިރުގާމް ވަހީދު – މައްޗަންގޯޅި އުތުރު ދާއިރާ
  • އަބްދުﷲ ސިނާން – މައްޗަންގޯޅި ދެކުނު ދާއިރާ
  • މުހައްމަދު ފަލާހު – މާފަންނު ހުޅަނގު ދާއިރާ
  • އަހުމަދު އާމިރު – މާފަންނު މެދު ދާއިރާ
  • ހަސަން އިއާދު ސަލީމް – މާފަންނު ދެކުނު ދާއިރާ
  • އަކްރަމް ކަމާލުއްދީން – މައްޗަންގޯޅި މެދު ދާއިރާ

 

އެމްޑީޕީން ބުނީ އެއް ކެންޑިޑޭޓަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާ ދާއިރާތައް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައި ވާގޮތަށް އެކުލަވާލާފައިވާ ވިލަރެސް ކޮމެޓީން ނިންމާ ގޮތެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބާއްވާން ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.