ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއަށް ސޮއިކުރަން ނިންމި ނިންމުން ނިންމަން އެންމެ ލޯ ލާރިއެއްގައިވެސް ނުޖެހޭ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ބޮޑު ޖަލްސާއެއްގަ އެވެ. އެ ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވީ ފައިސާއަށް ކަމަށް ބައެއް މީހުން ތުހުމަތު ކުރި އިރު، ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް ވަނީ އެ 13 މެންބަރުން ޕީއެންސީއަށް ސޮއިކުރެއްވީ 60 މިލިއަން ރުފިޔާ ހުށަހަޅުއްވައިގެން ކަން އަޑު އިވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ފައްޔާޒުގެ އެ ވާހަކައަށް ރައްދުދެއްވައި ނިހާދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފައްޔާޒުގެ އެ ވާހަކަތައް “ކަޑަ‘ ކަމަށެވެ. އަދި އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރެއްވި އެވެ.
”ރުހުން ދިނުން ޕްލަސް އަޒުލު ކުރަން ރޭވީ ކޮން މަގުސަދެއްގައިކަން ދަނީ ސާފު ވަމުން،“ ނިހާދުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ޕީއެންސީއަށް ސޮއިކުރެއްވި 13 މަޖިލިސް މެންބަރުންނާ އެކު މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ޖުމްލަ ވަނީ 17 އަށް އަރައިފަ އެވެ. މީގެ އިތުރުން، މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ އަދަދު 55 އިން 43 އަށް ވެއްޓި، ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

ގުޅުންހުރި
ކައްދޫގައި އެކްސިޑެންޓުގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާ މަރުވެއްޖެ
ތުރުކީން ހަދިޔާ ކުރި ބޮޑު މަނަވަރު ”ދަރުމަވަންތަ“ އެމްއެންޑީއެފްއާ ހަވާލުކޮށް، ހިދުމަތަށް
ދަރިފުޅު ވޭޕް ސާމާނު ގައިގައި ބަނދެގެން އެތެރިކުރި ވާހަކައަކީ ދޮގެއް: ޝަހީމް
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އިތުބާރުކުރެވޭ ބައިވެރިއެއް: ރައީސް މުއިއްޒު
މީހުންގެ އަނބުރަށް އަރައިގަތުމުގެ ފާފަ އާންމުވެއްޖެ، ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވާން
ރާއްޖޭގައި ބާއްވާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު އެކްސްޕޯ ފަށައިފި