ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމަށް ކުރެއްވި ހުވާ އެގޮތުގެ މަތީގައި އަބަދާއި އަބަދު ހަނދާންކޮށް ރައްޔިތުންނަށްޓަކައި އެ ހުވާގެ މަތީގައި ހިދުމަތް ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރުގެ މެނިފެސްޓޯ ލޯންޗު ކުރުމަށް ޕީއެންސީގެ މައި ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ދެއްކެވި އެއްވެސް ވާހަކައެއް އަދި އެއްވެސް ސިޔާސަތެއްވެސް ބަދަލު ނުވާ ކަމަށާއި ކެމްޕެއިން ތެރޭގައި ދެއްކެވި އެއްވެސް ވާހަކައެއް، އޭގެ އަމާޒުން ކައްސާ ނުލާ ކަމަށެވެ.
އަދި ވީ ވައުދެއްވިއްޔާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފުއްދުން ނޫން ކަމެއް އެ މަނިކުފާނުގެ ނެތް ކަމަށާއި ތެދުވެރިވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑު ﷲ ގަންދީ ހުވާ ކުރީ ދެއްތޯ؟ އަޅުގަނޑުގެ ދުލުން ބޭރުވި ކޮންމެ ލަފުޒެއް އެ ހުވާކުރި އިރުގައި އަޅުގަނޑަށް މެޓާވޭ. ﷲ ދެނެވޮޑިގެންވާނެކަން. އަޅުގަނޑު އިރާދަކުރެވިއްޔާ އެ ހުވާގައި ކީ ކޮންމެ ލަފުޒެއް، އެ ލަފުޒުގެ އެ ބަރުމިނުގައި، އެ އަމާނާތްތެރިކަމާ އެކީގައި އެ އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑު އަދާކުރާނަން. ތެދުވެރިކަމާ އެކީގައި އެ ހުވާ އެގޮތަށް އެ ލަފުޒުން ލަފުޒަށް އަބަދާއި އަބަދު، ރެއާއި ދުވާލު ހަނދާންކޮށް ރައްޔިތުންނަށްޓަކައި އެ ހުވާގެ މަތީގައި ކަންކަން ކޮށްދޭނަން،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
އެމްޑީޕީގެ މާލޭގެ މޭޔަރު ޓިކެޓު އާދަމް އާޒިމް ކާމިޔާބުކުރައްވައިފި
ސާފް ފުޓްސަލް މުބާރާތް: ބޮޑު ތަފާތަކުން ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އެއްވަނައަށް
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އުފައްދައިފި
މޯލްޑިވްސް ޑިޖިޓަލް ސާވިސް އުފައްދައި އެންސީއައިޓީ އުވާލައިފި
ކައުންސިލު އިންތިހާބަށް ކުރިމަތިލުމަށް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ