އިންޑިއާއާއި އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް މަލާމާތް ރައްދުވާ ގޮތަށް ދިވެހިންގެ ތެރެއިން ބަޔަކު މީހުން ވާހަކަ ދައްކާފައިވާތީ، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ”އީޒް މައި ޓްރިޕް“ މެދުވެރިކޮށް ރާއްޖެއަށް ހަަދާފައި ހުރި ހުރިހާ ބުކިންއެއް ކެންސަލް ކޮށްފި އެވެ.
އެ ޓްރެވެލް އެޖެންސީގެ ކޯފައުންޑާ އަދި ސީއީއޯ ނިޝާންތް ޕިޓީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެކަން ކުރީ ގައުމީ ރޫހެއްގައި ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ބުކިންއެއް ކަމެއް އޭނާ ހާމައެއް ނުކުރެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާންމު ކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ގެންދަނީ ބޮޑު ކެމްޕެއިނަށް ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.
އަދި އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި ކުރިން އުޅުނު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.
މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ “ޖޯކަރެއް” ކަމަށާއި “އިޒްރޭލުގެ ޕަޕެޓް” އެއް ކަމަށް ސިފަކޮށްފަ އެވެ.
ސަރުކާރުން މިހާރު ވަނީ ޝިއުނާ އާއި މަލްޝާގެ އިތުރުން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ހުންނެވި އަބްދުﷲ މަހްޒޫމް މާޖިދު މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް އާންމުން ދަނީ އެ މީހުން ވަކިކުރުމަށް ގޮވާލަމުންނެވެ.
އެ މައްސަލައިގައި ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ އޮފިޝަލުންގެ ބަހަކީ ސަރުކާރުގެ ބަސް ނޫން ކަމަށެވެ.




ގުޅުންހުރި
ކަނޑުމަތީގައި އޮޑިދޯނިފަހަރަށް ލިބޭގެއްލުންތަކަށް ހައްލު: އެލައިޑްގެ މެރިންހަލް އިންޝުއަރެންސް
ފޮށިގަނޑަކާއި ޑަބިޔަލަކުން މަސްތުވާތަކެތި ހޯދައި، މީހަކު ހައްޔަރުކޮށްފި
އެލައިޑަށް 40 އަހަރު: ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރަން ބޭއްވި ބައިސްކަލް
ތިންވަނަ ކުއާޓަރު: އެސްޓީއޯ އަށް 3.8 ބިލިއަންގެ އާމްދަނީއެއް, 186 މިލިއަންގެ
ސިނގިރޭޓު ވައްކަން: އާރިފު ހިމެނޭގޮތަށް ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދަށް
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް